އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ޣަފޫރު އިންތިހާބުކޮށްފި

މިހާރު

8 ޑިސެމްބަރު 2025 | ހޯމަ | 9:55

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިރޭ އިންތިހާބުކޮށްފި އެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބުކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރަން މިދިޔަ މަހުގެ 30 ގައި ވެސް ޖަލްސާއެއް ބޭއްވި އެވެ. ނަމަވެސް އެ ޖަލްސާ ހޫނުވެގެން މެދުކަނޑާލާފައި ވާތީ މިރޭ ބޭއްވީ އެ ހިސާބުން ފަށައިގެންނެވެ. އެ ދުވަހުގެ ރޭގެ ޖަލްސާ މެދުކަނޑާލިއިރު، ނަން ހުށަހަޅައި ތާއީދު ލިބިފައި އޮތީ ދެ ދެބޭފުޅަކަށެވެ. އެއީ ޣަފޫރާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދެވެ.

މައުޟޫޢުތަށް