ހޯރަފުށި ކައުންސިލްގެ ރައީސް ވަހީދު ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި
މިހާރު
8 ޑިސެމްބަރު 2025 | ހޯމަ | 11:54
ހއ. ހޯރަފުށި ކައުންސިލުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާކަން ފާހަގަވެފައިވާތީ އެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިނުގަންނަވާ ގޮތަށް ތިން މަސް ދުވަހަށް އެލްޖީއޭ އިން މިއަދުން ފެށިގެން ސަސްޕެންޑުކޮށްފި އެވެ.
ހޯރަފުށި ކައުންސިލާ ގުޅޭ ގޮތުން އެލްޖީއޭ އަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން 8 މައްސަލައެއް ބަލާފައިވާއިރު، ކައުންސިލްގެ ރައީސް ވަހީދާ މެދު ފިޔަވަޅު އެޅީ އެ ކައުންސިލުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރާ ކަން ކަށަވަރު ކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ބޭފުޅަކީ ކައުންސިލުގެ ރައީސް ކަމަށް ވާތީ ކަމަށް އެލްޖީއޭގެ ރިޕޯޓުގައި ވެ އެވެ.
ހޯރަފުށި ކައުންސިލްގެ ރައީސް ވަހީދަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑު ކުރިއިރު، މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލައި އެލްޖީއޭ އިން ނިންމީ އެހެން ކައުންސިލަރުންނަށް ނަސޭހަތް ދޭށެވެ.