ބައްޕަ މަރުވިއިރު ދޮންމަންމަ ވަރިކޮށްފައި ހުރިކަން ސާބިތުކުރަން ދަރިފުޅު ކޯޓުގައި
މިހާރު
9 ޑިސެމްބަރު 2025 | އަންގާރަ | 7:44
އަންހެން މީހާ ބުނެފައިވަނީ މިއީ އޭނާ ފިރިމީހާގެ މުދަލުން މަހުރޫމްކުރުމަށް ހުށަހެޅި މައްސަލައެއް ކަމަށް
ކޯޓުން އެންމެ ފުރަތަމަ ވެސް ފާހަގަކުރީ މިއީ އާންމު އުސޫލާ ހިލާފު، ކޯޓަށް ވެސް ހުށަހެޅިފައި އޮތް އާދަޔާ ހިލާފު މައްސަލައެއް ކަމެވެ. އާންމު އުސޫލުން ވަރި ކައިވެނީގެ މައްސަލަތަކަކީ އަނބި/ފިރިން ޝަރީއަތަށް ހުށަހަޅާ ބާވަތުގެ މައްސަލަތަކެވެ. އެކަމަކު، މި އާދަޔާހިލާފު މައްސަލައިގައި، މަރުވެފައިވާ ބައްޕަގެ އަނބި ނުވަތަ ދޮންމަންމަ ވަރިކުރިކަން ސާބިތުކުރަން ކޯޓަށް މައްސަލަ ހިފައިގެން ގޮސް ހުރީ ދަރިފުޅެވެ.
ފެމެލީ ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މި މައްސަލަ ފެށުނީ ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މަރުވުމާ އެކު އެވެ. އެ މީހާ މަރުވުމުގެ ހަތް ދުވަސް ކުރިން ދެ ފިރިހެނުން ހެކިކޮށް ސޮއިކުރި ކަމަށް ބުނާ ލިޔުމެއް އޮތެވެ. އެ ލިޔުމަކީ ބަލިއެނދުގައި އޮތް މީހާގެ އޭރު އަނބި ވަރިކޮށްފައިވާ ކަމަށް ބުނާ ލިޔުމެކެވެ.