އެމްޑީޕީގެ ދާއިމީ ޗެއާޕާސަން އިންތިހާބުކުރުން ފަސްކޮށްފި

މިހާރު

9 ޑިސެމްބަރު 2025 | އަންގާރަ | 8:53

އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ އިންތިހާބު ބޭއްވުން އެ ޕާޓީގެ ގައުމީ މަޖިލިހުން ފަސްކޮށްފި އެވެ.

ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ގޮތަށް ފާސްކުރީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުއްވުން އެ ޖަލްސާ އަށް ހާޒިރުވި 69 މެމްބަރުންގެ ތެރެއިން 58 ވޯޓާ އެކު ފާސްކުރުމުންނެވެ.

ސަލީމްގެ ހުށަހެޅުއްވުމުގައި ވަނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ ތާރީހުން ފެށިގެން ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ފުރުސަތު ހުޅުވާލަން ވާނެ ކަމަށާއި އިންތިހާބު ބާއްވާނެ ގޮތުގެ ތާވަލެއް އެ ޕާޓީގެ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެކުލަވާލަން ވާނެ ކަމަށެވެ.

މައުޟޫޢުތަށް