ސަލާހް ދެން ލިވަޕޫލަށް ކުޅެފާނެކަމެއް ސްލޮޓަކަށް ވެސް ނޭނގެ!
މިހާރު
9 ޑިސެމްބަރު 2025 | އަންގާރަ | 10:40
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް، ލިވަޕޫލަށް އަލުން ކުޅެފާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި، އިންޓަ މިލާނާ ދެކޮޅަށް މިރޭ ލިވަޕޫލުން ކުޅޭ މެޗަށް ނެގި ސްކޮޑްގައި ސަލާހް ހިމަނާފައެއް ނުވެ އެވެ. ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް، ލީގުގައި އެކަށީގެންވާ ކުޅުމެއް މި ސީޒަނުގައި ނުދެއްކެ އެވެ.
ކުރިމަތިވެފައިވާ ޕްރެޝަރުގައި ސަލާހް ވަނީ ލިވަޕޫލް ރޫޅިގެންދާ ވަރުގެ އިންޓަވިއުއެއް ދީފަ އެވެ. އެ އިންޓަވިއުގައި އޭނާ ބުނީ ކަންކަން ގޯހަށް ދިއުމުން އޭނާއަކީ ގުރުބާންކުރަން ގެންގުޅޭ ބަކަރިއަކަށް ހަދާފައިވާ ކަމަށެވެ.