ދަރިފުޅު "މަރާލުމުން" ބައްޕަ ހައްޔަރުކޮށްފައި ހުއްޓާ އެ ދަރިފުޅު އެނބުރި އައިސް މަންމައަށް ތުހުމަތުކޮށްފި
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 6:08
އިންޑިއާގެ ޕަންޖާބުގެ ފީރޯޒްޕޫރްގައި މީގެ ދެ މަސް ދުވަސް ކުރިން ބައްޕައަކު އޭނާގެ 17 އަހަރުގެ އަންހެން ދަރިފުޅު ކެނަލް އަކަށް ވައްޓާލައިގެން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ އެ ކުއްޖާ ސޯޝަލް މީޑިއާއަށް ނުކުމެ، ބައްޕަ ދޫކޮށްލަން އެދެފި އެވެ.
ކުއްޖާ މަރާލި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އޮކްޓޫބަރު 3 ވަނަ ދުވަހު އެވެ. ކުއްޖާގެ ބައްޕަ، ސުރްޖީތު ސިންގް އޭނާގެ ދަރިފުޅު ބަދެފައި ކެނަލްއަށް ވައްޓާލީ ކުއްޖާގެ އުޅުމާ މެދު ޝައްކުތަކެއް ކުރުމަށް ފަހުގައި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މި މަންޒަރު ވަނީ ކުއްޖާގެ ބައްޕަ އާއި މަންމަގެ ފޯނުން ވީޑިއޯ ވެސް ކޮށްފަ އެވެ. މިކަން ފަޅާއެރީ އެ ވީޑިއޯތައް ލީކުވެގެންނެވެ.
ފުލުހުން އެ ކުއްޖާގެ ހަށިގަނޑު ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ވެސް ނުވި އެވެ. އަދި އޭގެ ފަހުން ވަނީ މަރުގެ ތުހުމަތަށް ބައްޕަ ހައްޔަރުކޮށްފަ އެވެ.