ގްރޫޕްތަކާއި ވަކީލުން ހެކިންނަށް ބިރުދެއްކުން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައި: ކްރިމިނަލް ކޯޓު

މިހާރު

9 ޑިސެމްބަރު 2025 | އަންގާރަ | 12:04

ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުން ނިސްބަތްވާ ގުރޫޕްތަކާއި އެ މީހުންގެ އާއިލާ އަދި ދިފާއީ ވަކީލުން ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން މިހެން ބުނީ އެމްއެމްއޭ ކައިރީގައި ހަމަލާދީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ދައުވާ ލިބުނު ހަމްދޫން ހަމްޒަތުގެ މައްޗަށް މަރުގެ އަދަބު އިއްވައި ކުރި ހުކުމްގަ އެވެ.

އެ މައްސަލާގައި ދައުލަތުން ސިއްރު ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ހެއްކަކީ "ސިއްރު ހެކިވެރިޔާ 8" އެކެވެ. އޭނާ އަކީ ހަމްދޫން، އާގިލްއަށް ހަމަލާދޭ މަންޒަރު ހަމަލޮލުން ފެނުނު، އެކަން ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހެކެވެ.

މައުޟޫޢުތަށް