ވޯޓާ ތީމް ޕާކުގެ ތަކެތި ނަގަން ހުއްދަދިނުމުން ވަކިކުރި މުވައްޒަފުގެ މަގާމަށް މީހަކު ނުނަގަން ކުރި އަމުރު ބާތިލްކޮށްފި
މިހާރު
9 ޑިސެމްބަރު 2025 | އަންގާރަ | 11:59
ހުޅުމާލޭ ވޯޓާ ތީމްޕާކް ސަރަހައްދުގައި ހުރި ތަކެތި އެހެން ފަރާތްތަކަށް ނެގުމުގެ ހުއްދަ ދިން އެޗްޑީސީގެ މުވައްޒަފު ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ތަނުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.
އެޗްޑީސީގެ ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމުގައި ހުރި މުވައްޒަފުގެ ހުއްދައާ އެކު، ތީމްޕާކް ސަރަހައްދުގައި ހުރި ތަކެތި އެއްވެސް އަގަކާނުލައި ބަޔަކު ގެންގޮސްފައިވެ އެވެ. އެއީ އެ މުވައްޒަފު އެޗްޑީސީގެ ޕޮލިސީތަކާ ހިލާފަށް ކުރި ކަމެއް ކަމަށްވާތީ، އޭނާ ވަޒީފާއިން ވަކިކުރި އެވެ.
އެ މުވައްޒަފަކީ އޭޕްރީލް 14، 2024 ގައި ރިއަލް އެސްޓޭޓް މެނޭޖްމަންޑް ޑިޕާޓްމެންޓްގެ ޑިރެކްޓަރަކަށް ނެގި މުވައްޒަފެކެވެ. ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމަށް ބަދަލުކުރީ މިދިޔަ ފެބުރުއަރީ 27 ގަ އެވެ.