ބާސާގެ ސްޕޮންސަރަކަށް އޫބާ ހަމަޖެއްސުމުން އެހެން ޓެކްސީ ޑްރައިވަރުން ހަޅުތާލަށް!

މިހާރު

9 ޑިސެމްބަރު 2025 | އަންގާރަ | 12:17

މަޝްހޫރު އޫބާ ކުންފުންޏާ އެކު ބާސެލޯނާއިން ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއި ކުރުމުން އެ ކްލަބް ނިސްބަތްވާ ކެޓަލޯނިއާގެ އެހެން ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރަން ނިންމައިފި އެވެ.

ސަބް ސްޕޮންސަރެއްގެ ގޮތުގައި އޫބާ އާ އެކު ބާސާއިން ވަނީ ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބސްވުމާ އެކު އެންމެ ރުޅި ގަދަވީ ކެޓަލޯނިއާގެ ޓެކްސީ ޔޫނިއަނުންނެވެ.

ތިން އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މިރޭ ކުޅޭނެ އެވެ. ކެޓަލޯނިއާގެ ޓެކްސީ ޔޫނިއަށް ކުންފުނި އެލީޓް ޓެކްސީން ހިތްހަމަނުޖެހުނީ ލޯކަލް ކުންފުންޏެއް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އިންޓަނޭޝަނަލް ޓެކްސީ ބްރޭންޑެއް ބާސާއިން ޕްރޮމޯޓް ކުރާތީ އެވެ.

މައުޟޫޢުތަށް