ރަސްމާލެ ޓްރާންސްޕޯޓް މާސްޓާޕްލޭނަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަނީ

މިހާރު

9 ޑިސެމްބަރު 2025 | އަންގާރަ | 3:34

ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދަން ހިއްކަމުންދާ ރަސްމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާސްޓާ ޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއްޔެ އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ރަސްމާލޭގައި ދަތުރުފަތުރުގެ ފުރިހަމަ މާސްޓާޕްލޭނެެއް އެކުލަވާލުމުގެ މަގުސަދަކީ ރަސްމާލެ އާއި މާލެއާ ދެމެދު އަދި ރަސްމާލޭގެ އެތެރޭގައި ވެސް ރައްކާތެރި ދެމެެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށެވެ.

އެކަމަށް ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކާއެކު ޝައުގުވެރިކަން ފާޅުކުރާކަމުގެ ލިޔުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ ކުންފުންޏަކުން ކުރިން ކޮށްފައިވާ އެފަދަ މަސައްކަތްތަކުގެ ތަފްސީލާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އެނގޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ.

މައުޟޫޢުތަށް