ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވައިފި

މިހާރު

9 ޑިސެމްބަރު 2025 | އަންގާރަ | 7:56

ހައި ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން މިއަދުން ފެށިގެން ރިޓަޔާކުރައްވައިފި އެވެ.

ހައި ކޯޓުން ބުނި ގޮތުގައި ފަނޑިޔާރު ނިޔާޒު ވަނީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފަ އެވެ. އެހެންވެ، މިއަދަކީ ނިޔާޒު ހައި ކޯޓުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަހެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާގެ އެ ހުށަހެޅުން ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން ނިންމި އެވެ.

މައުޟޫޢުތަށް