އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވެއްޖެ
މިހާރު
9 ޑިސެމްބަރު 2025 | އަންގާރަ | 9:04
މުޅި ދުނިޔޭގައި ވެސް މުޅިން އަލަށް، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވެއްޖެ އެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ މަޝްހޫރު އެތައް އެޕްލިކޭޝަނެއް މި މަހުގެ 10 އިން ފެށިގެން، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭ ގޮތް ހަދަން ޓެކް ކުންފުނިތަކަށް ލާޒިމްކޮށްފައި ވާއިރު އެކަމުގައި ފެއިލްވެއްޖެ ކުންފުންޏެއް 33 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރާނެ އެވެ.
އޮސްޓްރޭލިއާ ވެފައިވަނީ ޓެކްނޮލޮޖީގެ ދާއިރާގައި އާދަޔާ ހިލާފަށް ނުފޫޒު ގަދަ ކުންފުނިތަކާ ދެކޮޅަށް ސިޔާސީ ބާރު ބޭނުންކޮށް އެ ކުންފުނިތައް ފަހަތަށް ޖެހެން މަޖުބޫރު ކުރުވި. މަދު ގައުމުތަކުގެ ތެރޭގަ އެވެ.