އޯޝަންމޭން މޯލްޑިވްސްގެ މީޑިއާ ޕާޓްނަރަކަށް "މިހާރު"

މިހާރު

9 ޑިސެމްބަރު 2025 | އަންގާރަ | 8:04

ރާއްޖޭގައި އަންނަ އަހަރު ބާއްވާ މުޅި ދުނިޔެ އަށް މަޝްހޫރު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް އޯޝަންމޭން ގްލޯބަލްގެ "އޯޝަންމޭން މޯލްޑިވްސް" ގެ މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖައްސައިފި އެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހު ކ. މާފުށީގައި ބާއްވާ މި ރޭސް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަނޑުފެތުމުގެ މުބާރާތަށެވެ. މިހާތަނަށް ގިނަ އަދަދަކަށް ރާއްޖޭން ބޭރުގެ ފެތުންތެރިން ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ.

"މިހާރު" ނޫހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ނޫހުގެ ފަރާތުން ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިޓަރު އަހުމަދު ހަމްދޫނެވެ. "އޯޝަންމޭން މޯލްޑިވްސް" އިންތިޒާމްކުރާ ސްވިމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ހުސެއިން ޝަމީމެވެ.

މައުޟޫޢުތަށް