އިޒްރޭލުން އެއްބަސްވުމާ ހިލާފުވަނިކޮށް ދެ ވަނަ ފިޔަވަހި ނުފެށޭނެ: ހަމާސް

މިހާރު

10 ޑިސެމްބަރު 2025 | ބުދަ | 6:39

ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ބެހޭ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށޭށީ އިޒްރޭލުން އެއްބަސްވުމާ ހިލާފްވުމުގެ އަމަލުތައް ހުއްޓާލުމުން ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2010 އިން ފެށިގެން ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހުއްޓާލަން ވީ އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް ހަމާސް އާއި އިޒްރޭލުން އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ކުރަމުންނެވެ.

ހަމާސް އިން ބުނީ އިޒްރޭލުން އެއްބަސްވުމާ ހިލާފް އަމަލުތައް ތަކުރާރުކޮށް ހިންގަމުން ދަނިކޮށް އިތުރު މަރުހަލާއެއް ނުފެށޭނެ ކަމަށާއި އެހެންވެ، ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުން އެކަމުގައި އިޒްރޭލަށް ޕްރެޝަރުކުރަންޖެހޭ ކަމަށެވެ.

މައުޟޫޢުތަށް