ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި
މިހާރު
9 ޑިސެމްބަރު 2025 | އަންގާރަ | 9:55
ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ކަރެކްޝަންސްއިން ބުނީ އެ އިދާރާގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހުމަދު ސޮބާހު ޑެޕިއުޓީ ކޮމިޝަނަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ސޮބާހު ވަނީ ކަރެކްޝަނަލް ސާވިސް އަށް 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ.