މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ކަނޑައަޅަން އޭސީސީގެ ގައިޑްލައިނެއް
މިހާރު
9 ޑިސެމްބަރު 2025 | އަންގާރަ | 11:58
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގެ އިރުޝާދު ހިމެނޭ ގައިޑްލައިނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރެފި އެވެ.
ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ގައިޑްލައިން ނެރެދެއްވީ ޖޭއެސްސީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އެވެ.
އޭސީސީން ބުނީ ދައުލަތުގެ އޮފީސްތަކާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށްގެން ނެރުނު ގައިޑްލައިންގެ ބޭނުމަކީ ކޮރަޕްޝަން ހުއްޓުވަން ގައުމީ ފެންވަރުގެ އުސޫލުތައް އެކުލަވާލުމާއި މަސްލަހަތު ފުށުއަރާ ހާއްސަ ހާލަތްތަކާއި ރިސްކް ބޮޑު ފަރާތްތައް ދެނެގަނެ އަމަލުކުރާނެ ގޮތުގެ އުސޫލެއް ހެދުން ކަމަށެވެ.