"ތުރީ އިޑިއަޓްސް"ގެ ސީކުއެލްގެ މަސައްކަތް ފަށައިފި
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 7:00
ގިނަ ބައެއްގެ ލޯބި ލިބުނު ބޮލީވުޑްގެ ފިލްމު "ތުރީ އިޑިއަޓްސް"ގެ ސީކުއެލްގެ މަސައްކަތްތައް ފަށައިފި އެވެ.
މި ޚަބަރު ކަށަވަރުކޮށްދީ ޕިންކް ވިލާގެ ރިޕޯޓެއްގައި ބުނީ "ތުރީ އިޑިއަޓްސް"ގެ ސީކުއެލްގައި އުޅޭނީ ފުރަތަމަ ފިލްމު ވެސް ފެނުނު އާމިރް ޚާން އާއި ކަރީނާ ކަޕޫރް ޚާން އާއި އާރު މަދަވަން އަދި ޝަރްމަން ޖޯޝީ ކަމަށެވެ.
"ތުރީ އިޑިއަޓްސް"އަކީ 2009 ގައި ރިލީޒްކޮށް، އޭރު ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ރާޖްކުމާރް ހީރާނީގެ ކާމިޔާބު ފިލްމެކެވެ.