ދުނިޔޭގެ މަޝްހޫރު ޓީޖީއައި ފްރައިޑޭސް މާލޭގައި ހުޅުވަނީ
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 7:33
ދުނިޔޭގެ މަޝްހޫރު، އެމެރިކާގެ ރެސްޓޯރަންޓް ފްރެންޗައިޒް، 'ޓީޖީއައި ފްރައިޑޭސް' ގެ ރެސްޓޯރަންޓެއް މާލޭގައި ހުޅުވަން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.
'ޓީޖީއައި ފްރައިޑޭސް' ހިންގާ ކުންފުނި، ޝުގާލޯފް ޓީޖީއައިއެފުން ވަނީ ރާއްޖޭގެ ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އާއެކު ފްރެންޗައިޒް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އަކީ މިހާރު ވެސް ރާއްޖެ އަށް ގިނަ ފުޑް ފްރެންޗައިޒްތައް ތައާރަފްކޮށްފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި، ޗިކިންގް، ގްލޯރިއާ ޖީންސް، މޯތީ މަހަލް އަދި ބޭކާސް ބާސްކެޓް ހިމެނެ އެވެ.