ލަގްޒަރީ ސަފާރީ އަކާ އެކު ސޮލިޓިޔުޑް ވޯލްޑް ރާއްޖޭގެ މާކެޓަށް
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 8:46
ދުނިޔޭގައި މަގުބޫލު ޑައިވިން އެކްސްޕީރިއަންސްގެ ހިދުމަތް ދޭ، ސޮލިޓިޔުޑް ވޯލްޑް އިން ލަގްޒަރީ ސަފާރީއަކާ އެކު ރާއްޖޭގެ މާކެޓަށް ވަދެއްޖެ އެވެ.
ސޮލިޓިޔުޑް ވޯލްޑް އަކީ ލިވަބޯޑް ޑައިވިން އެކްސްޕީރިއަންސް ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެކެވެ.
ފިލިޕީންސް، އިންޑޮނީޝިޔާ އަދި ޕަލާއުގައި އެ ކުންފުނިން އަންނަނީ ޑައިވިން އާއި ސްނޯކްލިން އަށް ހާއްސަ ސަފާރީތަކާއި ރިސޯޓުތައް ވެސް ހިންގަމުންނެވެ.