މަސާޖު ޕާލާތަކެއް ބަންދުކޮށް ބިދޭސީންތަކެއް ހައްޔަރުކޮށްފި

މިހާރު

10 ޑިސެމްބަރު 2025 | ބުދަ | 12:15

މާލޭގައި ހިންގަމުންދިޔަ މަސާޖުޕާލާތަކެއް ބަންދުކޮށް، އެ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ރޭ ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަތަރު މަސާޖު ޕާލާއެއް ވަނީ ބަލައިފާސްކޮށްފަ އެވެ. މިތަންތަން ފާސްކުރީ ގަވައިދާ ހިލާފަށް، ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ އެ ތަންތަން ހުއްޓުވަން ހިންގާ އޮޕަރޭޝަނުގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މައުޟޫޢުތަށް