ހާފްވޭހައުސް ތެރެއަށް މަސްތުވާތަކެތި ހުރި އެއްޗެއް އެއްލި މީހަކު ހައްޔަރުކޮށްފި

މިހާރު

10 ޑިސެމްބަރު 2025 | ބުދަ | 11:23

މަސްތުގެ ވަބާއިން މީހުން ސަލާމަތް ކުރަން ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ހާފްވޭ ހައުސް ތެރެއަށް މަސްތުވާތަކެތި ހުރި އެއްޗެއް އެއްލާލުމަށް ފަހު ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހ. ސަނީވޭ މުހައްމަދު އަޒްލީނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ހާފްވޭ ހައުސް ކައިރިއަށް ސައިކަލެއްގައި ދިޔުމަށްފަހު، އެތަނުގެ ތެރެއަށް އެއްޗެއް އެެއްލާލުމަށް ފަހު ސައިކަލުގައި އެ ސަރަހައްދުން ދާ މަންޒަރު އެތަނުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

މައުޟޫޢުތަށް