ޓްރަމްޕަށް ހުޝާމަދުކުރުމުން އިންފަންޓީނޯގެ ސުލޫކީ މައްސަލައެއް
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 12:48
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަމާދު ކުރުމުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސުލޫކީ މައްސަލައެއް ފީފާ އަށް ހުށަހަޅައިފި އެވެ.
ފީފާގެ ސުލްހައިގެ އިނާމުގެ ނަމުގައި އެވޯޑެއް ތައާރަފުކޮށް، އިންފަންޓީނޯ ވަނީ އެ އެވޯޑް ޓްރަމްޕަށް އަރުވައިފަ އެވެ. އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އިނާމު އެރުވުމަށް ފަހު އިންފަންޓީނޯގެ ހުށަމާދުގެ ބސްތައް ޓްރަމްޕަށް ބަންޑުންކޮށްލެއްވި އެވެ.
ފީފާގެ ސުލްހައިގެ އެވޯޑް ޓްރަމްޕަށް އަރުވާފައި މިވަނީ މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ހައްގު ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށެވެ. އެކަމަކު ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ލިބިވަޑައި ނުގެންނެވި އެވެ. މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތީ ވެނެޒުއޭލާގެ ގާނޫނުހަދާ މަޖިލީހުގެ ކުރިގެ ނައިބު ރައީސް އަދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ އަށެވެ.