ވެކްސިންގެ ގައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފި
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 12:38
ވެކްސިންގެ ގައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފި އެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ނިއުމޯކޮކަލް އަދި ރޮޓާ ވައިރަސް ވެކްސިން، އަސާސީ ވެކްސިންގެ ލިސްޓުގައި ހިމަނައި، މިއަދުން ފެށިގެން ދޭން ފަށާފައިވާ ކަމަށެވެ.
ނިއުމޯކޮކަލް އަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރިވާން ޖަހާ ވެކްސިނެވެ. ރޮޓާވައިރަސް އަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުވުމަށް ދޭ ވެކްސިނެވެ.