ރ. އަތޮޅާއި ހއ. އަތޮޅަށް އެމްއައިބީގެ ހިދުމަތްތައް ފުޅާކޮށްފި

މިހާރު

10 ޑިސެމްބަރު 2025 | ބުދަ | 1:38

މޯލްޑިވްސް އިސްލާމިކް ބެންކުން އެ ބެންކުގެ ހިދުމަތްތައް ރ. އަތޮޅާއި ހއ. އަތޮޅަށް ފުޅާކޮށްފި އެވެ.

އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހއ. އިހަވަންދޫގައި އޭޓީއެމްގެ ހިދުމަތް މިހާރު ވަނީ ފަށައިފަ އެވެ. އެ އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި އަތޮޅުތަކަށް އެ ހިދުމަތްތައް ފުޅާ ކުރުމަށް އެމްއައިބީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫގައި މީގެކުރިން އެބެންކުން ވަނީ ސޭލްސް ސެންޓަރެއް ވެސް ހުޅުވައިފަ އެވެ.

އެމްއައިބީއިން ރ. އަތޮޅަށް ހިދުމަތް ފުޅާކުރުމުގެ ގޮތުން ރ. އުނގޫފާރުގައި އެ ބޭންކުގެ ސޭލްސް ސެންޓަރެއް ވަނީ ހުޅުވައިފަ އެވެ. އެ ސެންޓަރުން އެބޭންކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. އެގޮތުން އޭޓީއެމް އޭޓީއެމްގެ ހިދުމަތާއި ބެންކުގެ މުވައްޒަފުން މެދުވެރިކޮށް ތަފާތު އެކި ހިދުމަތްތަކަށް އެދި ހުށައެޅުމަށް ބޭނުންވާ އެހީތެރިކަން ވެސް ލިބޭނެ އެވެ.

މައުޟޫޢުތަށް