އުމުރުން 64 އަހަރުގެ ލޯބިވެރިޔާއަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ 30 ދުވަހަށް ބަންދުކޮށްފި
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 1:24
އުމުރުން 64 އަހަރުގެ މީހަކަށް އިއްޔެ ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާ 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި މިއީ ދެ ލޯބިވެރިންނެވެ. ފިރިހެން މީހާގެ ބުރަކައްޓަށް ވަޅިން ހަމަލާ ދިނީ ދެ މީހުންގެ ދޭތެރޭ އުފެދުނު މައްސަލައެއްގެ ތެރޭގައި ކަމަށް ބުނުން ފިޔަވައި މި ދެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.
މި ހަމަނުޖެހުމުގައި ދެ މީހުންނަށް ވެސް އަނިޔާވެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.