130،000 ޑޮލަރު ފޭރުނުތާ ދޮޅުމަސް ވާއިރު އެންމެ ޑޮލަރެއް ވެސް ނުފެނޭ!
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 2:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފޭރުނު ސްޓޫ ކޭހުގައި ހުރި ޑޮލަރުތައް ގެއްލުނުތާ ދެ މަސް ވާން ކައިރިވެފައިވާއިރު އަދިވެސް އެންމެ ޑޮލަރެއް ވެސް ނުފެންނަކަން އެނގިއްޖެ އެވެ.
މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައި އަތުލައިގަތް ފައިސާ ހުރި ސޫޓް ކޭހުގައި 130،000 ޑޮލަރު ހުއްޓެވެ.
އެ ސޫޓް ކޭހުގައި ހުރީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ޖެހޭ ޑޮލަރެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހުން ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދައްކައި އެ ސޫޓްކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.