ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހަދަން ބިލެއް ހުށަހަޅައިފި
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 3:41
ޖުވާ ކުޅުމާއި ޖުވާ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުވާ ކުޅުމާއި އެފަދަ ތަންތަން ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް ބިލުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.