ދަރިވަރެއްގެ ކަރުގައި ހިފައި، ތަޅައި އަނިޔާކުރި ޓީޗަރެއްގެ މައްސަލަ ބަލަނީ!
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 3:57
އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ދަރިވަރެއްގެ ކަރުގައި ހިފައި، ތަޅައި އަނިޔާކުރި ބިދޭސީ ޓީޗަރަކު ސަސްޕެންޑްކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ ޓީޗަރާއި ދަރިވަރުގެ ދެމެދުގައި ހިންގި މާރާމާރީގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. މި މައްސަލަ ބަލައިދޭން ފުލުހުންނަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އެ ރުޅީގައި ޓީޗަރު ދަރިވަރަށް އަނިޔާކުރިއިރު ކްލާސް ރޫމްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.