ކެމްބޯޑިއާ-ތައިލެންޑުގެ ހަމަލާތަކާ ހެދި ބައި މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 7:12

ކެމްބޯޑިއާ އާއި ތައިލެންޑުން ބޯޑަރު ސަރަހައްދުގައި ހަމަލާ ދެމުން ގެންދާތީ ރައްކާތެރިކަން ހޯދަން ފައްޅިތަކާއި ސްކޫލްތަކުން ބައި މިލިއަން މީހުން ހިމާޔަތް ހޯދަން ވަދެފި އެވެ.

އިމުގެ މައްސަލަގައި އޮތް ދެބަސްވުންތައް ހޫނުވެ ހަމަލާ ދެމުން ދާއިރު މި ހަފްތާގައި ވަނީ 14 މީހަކު މަރުވެފަ އެވެ. ހަމަނުޖެހުންތަކުގެ ނުރައްކާ ބޮޑުވަމުން ދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާވެސް ވަނީ މިކަން ހުއްޓުވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާވެފަ އެވެ. އަދި ވަގުތުން ހަމަލާތައް ހުއްޓާލުމަށް ދެ ގައުމަށް ގޮވައިލެއްވި އެވެ.

އޮފިޝަލުން ވިދާޅުވީ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ޖެޓްތަކާއި ޓޭންކުތަކުން ހަމަލާ ދެމުން ދާއިރު 500،000 މީހުން އެ ސަރަހައްދު ދޫކޮށް ގޮސް، ސްކޫލްތަކާއި ފައްޅިތަކުގައި އުޅެމުންދާ ކަމަށެވެ.

މައުޟޫޢުތަށް