އިންޑިގޯގެ ފްލައިޓްތައް 10 ޕަސެންޓް މަދުކުރަން އަންގައިފި
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 6:35
އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯ އިން ފިނިމޫސުމަށް ރާވާފައިވާ ދަތުރުތަކުގެ އަދަދު 10 ޕަސެންޓް މަދުކުރަން އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އަންގައިފި އެވެ.
މި އަދަދަށް ފްލައިޓްތައް މަދުކުރަން އެންގީ ފަސް ޕަސެންޓަށް މަދުކުރަން ކުރިން އެންގުމަށް ފަހު އެ ނިންމުން ބާތިލްކޮށްފަ އެވެ.
އިންޑިގޯއާ މެދު މި ފިޔަވަޅު އަޅާފައި މި ވަނީ ޕައިލެޓުންނަށް ހުސް ވަގުތު އިތުރު ކުރުމަށް ޑީޖީސީއޭ އިން މީގެ އޮޅު އަހަރު ކުރިން ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހު އަމަލުކުރަން ފެށި އުސޫލާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީތައް ހަމަޖައްސައި އަދި އިތުރަށް ބޭނުންވާ ޕައިލެޓުންނާއި މުވައްޒަފުން ނުނެގުމުން އެތައް ސަތޭކަ ފްލައިޓެއް ކޮންމެ ދުވަހަކު ކެންސަލްވާތާ ހަފްފާއެއް ފަހުންނެވެ.