"އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ ދެވަނަ ސީޒަންގެ ޓީޒާ އާންމުކޮށްފި

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 7:35

އެމެރިކާގެ އެނިމޭޓެޑް ސީރީޒް "އެވެޓާ: ދަ ލާސްޓް އެއާބެންޑާ"އަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ ލައިވް އެކްޝަން ސީރީޒްގެ ދެވަނަ ސީޒަންގެ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

ނެޓްފްލިކްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިނެޓަކާއި 19 ސިކުންތުގެ އެ ޓީޒާ މިހާރު ވަނީ އާންމުކޮށްފަ އެވެ. ޓީޒާއިން އެނގޭ ގޮތުގައި، ދެވަނަ ސީޒަންގައި "އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ މުހިންމު ކެރެކްޓާއެއް ކަމަށްވާ ޓޮފް މި ސީރީޒަށް ތައާރަފުވާނެ އެވެ.

"އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ ފުރަތަމަ ސީޒަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ގިނައިން ލިބުނީ ނެގެޓިވް ރިވިއުތަކެވެ.

މައުޟޫޢުތަށް