ޝާހުގެ "ޕަތާން 2" ގެނެސްދޭކަން ދުބާއީގައި އިއުލާންކޮށްފި
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 7:16
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކާމިޔާބު އެކްޝަން ފިލްމު "ޕަތާން"ގެ ދެވަނަ ބައެއް ގެނެސްދޭކަން ދުބާއީގައި ބޭއްވި އިވެންޓެއްގައި އިއުލާންކޮށްފި އެވެ.
"ޕަތާން 2" އިއުލާންކުރީ ޝާހުގެ ނަމުގައި ދުބާއީގައި އަމިއްލަ ކުންފުންޏަކުން އަޅާ ޓަވަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.
"ޝާހްރުކްޒް"ގެ ނަން ދޭން ނިންމާފައިވާ 56 ފުލޯގެ އެ ޓަވަރު އަޅަނީ ދުބާއީގެ މައި މަގު ކަމަށްވާ ޝެއިހް ޒައިދު ރޯޑުގަ އެވެ. އެ ޓަވަރު އަޅަނީ ދުބާއީގައި ހިންގާ ޑަނުބޭ ގްރޫޕް ކިޔާ ކުންފުންޏަކުންނެވެ. އެއީ ދުބާއީގައި ވިޔަފާރިކުރާ އިންޑިއާ މީހެއް ކަމަށްވާ ރިޒްވާން ސަޖަންގެ ކުންފުންޏެވެ. އޭނާއަކީ ދުބާއީގައި ވިޔަފާރިކުރާ އިންޑިއާ މީހުންގެ ތެރެއިން އެންމެ މުއްސަނދި އެކަކެވެ.