އިޒްރޭލުން ހަަމަލާ ނުދޭ ނަމަ ހަތިޔާރު "ފްރީޒް" ކުރެވިދާނެ: ހަމާސް
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 6:18
ފަލަސްތީނުގެ ޣައްޒާގައި ހަމަލާ ދިނުން ދިގު މުއްދަތަކަށް ހުއްޓާލާ ނަމަ ހަމާސްގެ ހަތިޔާރު "ފްރީޒްކުރަން" ވާހަކަ ދެއްކިދާނެ ކަމަށާއި އެކަމަކު އެއްކޮށް ހަތިޔާރު ދޫކޮށްލުމަކީ އެއްބަސްވާނެ ކަމެއް ނޫން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
"ހަތިޔާރު އެއްކޮށް ދޫކޮށްލުމުގެ ވިސްނުން މި ހަރަކާތުން [ހަމާސް އިން] ބަލައެއް ނުގަންނަން. ހުށަހަޅާފައި ވަނީ ހަތިޔާރު ފްރީޒްކުރަން ނުވަތަ ގުދަންކޮށްފައި ބެހެއްޓުމަށް ... އެއީ އިޒްރޭލުގެ އިސްތިއުމާރީން ޣައްޒާގައި އަލުން ހަމަލާތައް ދޭން ފެށިޔަސް [ދިފާއުގައި ބޭނުންކުރަން] ޔަގީންކަމެއްގެ ގޮތުގައި،" ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ ޚާލިދު މިޝްއަލް ގަތަރުގެ އަލް ޖަޒީރާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން މީޑިއޭޓަރުންނާ މަޝްވަރާ ކުރަމުން އަންނަ ވިސްނުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމެރިކާއިން ކަމުގެ ހަގީގަތާ އެއްގޮތަށް ގެންގުޅޭ ވިސްނުމުގެ ތެރެއިން ... އެފަދަ ކަމަކަށް އެއްބަސް ވެވިދާނެ،" އޭނާ ވިދާޅުވި އެވެ.