އައިޖީއެމްއެޗުގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 10:38
އައިޖީއެމްއެޗްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްފި އެވެ.
ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އެވެ.
ހޮސްޕިޓަލުގެ ނާސިން ސްޓޭޝަނަކަށް ވަދެ، އެތަނުން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެއްސެކެވެ. އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.