ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 10:42

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް، އެކަމާ ގުޅޭ އުސޫލު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުން އާންމުކޮށްފައިވާއިރު އެ ނިންމުން ބާތިލްކޮށް ކަށިމިޔަރުގެ މަސްވެރިކަން ކުރުން ހުއްޓުވުމަށް، ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.

މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސީނީން އެވެ. ހުމައިދާ މީގެ ކުރިން ވަނީ ގުޅިފަޅު ހިއްކުން ހުއްޓުވަން ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

މައުޟޫޢުތަށް