ސިނގިރޭޓް ވައްކަމުގެ މައްސަލަ ޕީޖީއަށް، އާއްޓޭ އާއި ދިގަލި ބަންދުން ދޫކޮށްލައިފި

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 3:33

މި މައްސަލާގައި ހިމެނޭ 11 މީހުންގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން ވަނީ އެދިފައި.

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އަދި އެ މައްސަލާގައި ބަންދުކުރި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހިފަހައްޓާފައި ހުރި ސިނގިރެޓް ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ފެންމަތިވުމާ އެކު، 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ލޮޓަސްގެ ވެރިޔާ އާރިފާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ ދިގަލި ހައްޔަރުކުރީ އެކަމަށް ފަންޑް ކުރުމުގެ ތުހުމަތުގަ އެވެ.

މައުޟޫޢުތަށް