ނުކުޅެދުންތެރިކަން ހުރި 80 މީހަކަށް ސްޓެލްކޯ އިން ވަޒީފާ ދީފި، މިއީ ބޮޑު ކުރިއެރުމެއް: ޝަމާހު
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:47
ސްޓެލްކޯއިން މިއަދު އަލަށް ވަޒީފާ ހަވާލުކުރި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކު، އެ ކުންފުނިން ވަޒީފާ ދިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު މިހާރު 80 އަށް އަރާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން އަލަށް ވަޒީފާގެ ފުރުސަތު ދިން ނުކުޅެދުންތެރިކަން ހުންނަ 30 މީހުންނަށް، ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަމާހު ވަނީ މިއީ 20 ރަށަކުން ހޮވާފައިވާ މީހުން ކަމަށާއި އެ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަކީ ކުންފުންޏަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޝަމާހު ވިދާޅުވީ މިފަދަ ފުރުސަތުތައް ދިނުމަކީ ގައުމީ ތަރައްގީގައި ބައިވެރިވެ އެ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކުރުމަށް ދެވޭ މުހިންމު ފުރުސަތެއް ކަމަށެވެ.