ބީއެމްއެލް، އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރަނީ
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:14
ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ އެކު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއީ ރާއްޖޭގައި ފޯރުކޮށްދޭ "ޕޭމަންޓް ސޮލިއުޝަންތައް" އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖޭގެ ޓޫރިޒަމްގެ އިންޑަސްޓްރީ އިޝްތިހާރުކޮށް، ކުރިއެރުވުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސޮއިކުރި ދެ އެއްބަސްވުމެވެ.
މި އެއްބަސްވުމަކީ 2026 ވަނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅި މުހިންމު އެއް ބިންގާ ކަމަށް އެ ބޭންކުން ބުންޏެވެ.