ރިޒޭގެ ލޯނު ޓްރާންސްފާއަށް ވިކްޓަރީން އީގަލްސް އަށް 100،000ރ.
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 12:31
ލޯނު އެއްބަސްވުމުގެދަށުން ވިކްޓަރީ އަށް ސޮއި ކުރި ފޯވާޑް އަހްމަދު ރިޒުވާން (ރިޒޭ) ގެ ޓްރާންސްފާ ފީ ގެ ގޮތުގައި 100،000ރ. ވިކްޓަރީން އީގަލްސްއަށް ދީފި އެވެ.
އެންމެ ފަހުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލުކުރި ރިޒޭގެ ސޮއި ވިކްޓަރީން ހޯދީ އެ ޓީމުގެ ކުރީގެ އެންމެ ބޮޑު ވާދަވެރިޔާ ނިއު ރޭޑިއަންޓުން ވެސް އެ ޓްރާންސްފާ އަށް މަސައްކަތް ކުރަނިކޮށެވެ.
އެކަމަކު އީގަލްސް އާއި ނިއުގެ މަޝްވަރާތައް ހުއްޓުނީ ޓްރާންސްފާ ފީއާ ހެދިއެއް ނޫނެވެ. "މިހާރު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒޭ ނިއު އަށް ދޫކޮށްލުމަށް ފަހު ނިއުގެ އަހްމަދު ހުސާމް (ހުސާންކޮ) އަށް އީގަލްސް އަށް ބަދަލުކުރަން އެ ޓީމުން ނިއު އަށް ހުށަހެޅި އެވެ. އެކަމަކު އެ ދެ ޓީމުގެ ޓްރާންސްފާ ހުއްޓުނީ އެކަމާ ނިއު އަށް އެއްބަސް ނުވެވުމުން ކަމެއް ނޭނގެ އެވެ.