ގައުމީ ކޯޗު ޒަކިރޯވްގެ ކަންބޮޑުވުމަކީ ރާއްޖޭގައި ފުޓްސަލް ލީގެއް ނެތުން!
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:43
ގައުމީ ފުޓްސަލް ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ފުޓްސަލް ލީގެއް ނެތުންކަމަށް، ކޯޗު ފާރޫކް ޒަކިރޯވް ބުނެފި އެވެ. އަންނަ މަހު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އުޒުބެކިސްތާނުގެ އަންހެން ފުޓްސަލް ޓީމުގެ ކޯޗު ޒަކިރޯވް އެވެ.
މި ހަފުތާގައި އޭނާ ރާއްޖެ އައިސް މިހާރު ވަނީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފަ އެވެ.
އޭނާ ބުނީ ރާއްޖޭގެ ޓީމުގެ ފެންވަރު މަތިކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަކު ވެސް ކުރު މުއްދަތެއްގެ ތެރޭގައި ވެސް އެންމެ ރަނގަޅަށް ޓީމު ތައްޔާރުކޮށް ވަރުގަދަ އަށް މުބާރާތަށް ތައްޔާރުވުމަކީ އޭނާގެ އެންމެ ބޮޑު ޓާގެޓްކަމަށް ބުންޏެވެ.