މާލެއިން އަނެއްކާ ވެސް އިތުރު ހަތަރު މަސާޖުޕާލާއެއް ބަންދުކޮށްފި

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 7:30

މާލޭގައި ހިންގާ އިތުރު ހަތަރު މަސާޖުޕާލާއެއް އިއްޔެ ބަންދުކޮށް، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، މާލޭގައި ހިންގަމުން އައި ހަތަރު މަސާޖު ޕާލާއެއް އިއްޔެ ބަލައިފާސްކުރި ކަމަށެވެ. އަދި އެ ހަތަރު ތަނުގައި ހިންގާ ވިޔަފާރި "ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް" އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާއިރު ގަވާއިދާ ހިލާފަށް އުޅޭ ތިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން އަތުލައިގަންނަން ހާއްސަ ޓާސްކުފޯހުން ހިންގާ އޮޕަރޭޝަންގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މާލެ އިން ހަތަރު މަސާޖުޕާލާއެއް ބަންދުކޮށް، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނަ އެވެ.

މައުޟޫޢުތަށް