އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރަން ހުރަސްއަޅާފައި: ފުލުހުން

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 8:22

ބޮޑުކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގައި، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް ހުރަސްއެޅި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މަސްވެރިންގެ ދުވަހާ ދިމާކޮށް ކުރި އިހުތިޖާޖު ފެށީ އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީންނެވެ. އެ އިހުތިޖާޖްގައި ބައިވެރިވި މަސްވެރިން މަސްދޯނިތަކުގައި މާލެ އައީ އިއްޔެ މެންދުރު ފަހު އެވެ. ރަސްމީ ފަލާމާ ދިމާލުން މާލޭގެ އުތުރުފަރާތަށް އެ ދޯނިފަހަރު ވައްދަން މަސްވެރިން މަސައްކަތްކުރުުމުން ފުލުހުންނާއި ސިފައިން ގުޅިގެން އެކަން ހުއްޓުވި އެވެ.

އޭގެ ފަހުން މަސްވެރިން ތިބީ މާލޭގެ ފަޅު ބޭރުގައި ގާތްގާތުގައި ދޯނިތައް ހުންނާނެހެން ނަގިލިލައިގެންނެވެ. ފުލުހުން އެ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށް އިހުތިޖާޖް ހުއްޓުވީ މިއަދު ހަވީރެވެ.

މައުޟޫޢުތަށް