ސާފްގެ އިތުބާރު އަލުން ރާއްޖެ އަށް: 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖެގައި!

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 8:22

ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުންދަށުގެ މުބާރާތް ރާއްޖޭގައި ބާއްވަން ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުރުސަތު ދީފި އެވެ.

އެ މުބާރާތް އޮންނާނީ އަންނަ އަހަރު މާޗް މަހު 22 ން އޭޕްރީލް 3 އަކަށެވެ.

އެ މުބާރާތަކީ އޮކްޓޯބަރު 2021 ގެ ފަހުން ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތެވެ. އެ އަހަރުގެ މުބާރާތުގެ އިނާމު ފައިސާ އާއި މެޗު އޮފިޝަލުންނާއި ރެފްރީންގެ އިނާޔަތް އެފްއޭއެމުން ނުދީ އޮތް މައްސަލައިގައި މިދިޔަ ހަތަރު އަހަރު ރާއްޖެ އަށް އޮތީ ސާފްގެ އިތުބާރު ގެއްލިފަ އެވެ. ރާއްޖޭން ފައިސާ ނުދީ އޮތް މައްސަލަ ސާފްގެ ކޮންގްރެސްއެއްގައި ވެސް ސަރަހައްދުގެ އެހެން ގައުމުތަކުގެ މަންދޫބުން ފެންމަތި ކުރި އެވެ.

މައުޟޫޢުތަށް