ޓީޗަރުންނަށް އަނިޔާކޮށް، ކްލާހުގައި ސަކަރާތް ޖަހާ ކުދިން ސަސްޕެންޑް ކުރާނެ: މިނިސްޓްރީ

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 8:36

ޓީޗަރުންނަށް އަނިޔާކޮށް، ކްލާސްތެރޭ ސަކަރާތް ޖަހައި އަހުލާގީ މައްސަލަތައް ދިމާވާ ދަރިވަރުން ސަސްޕެންޑް ކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އިއްޔެ ހިނގި ތަޅާފޮޅުމުގެ ވީޑިއޯ އާންމުވުމާއެކު މިނިސްޓްރީން ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ. ޓީޗަރުގެ ގައިގައި ދަރިވަރު ވެސް ޖަހާ މަންޒަރު ވީޑީއޯ އިން ފެންނައިރު، ދަރިވަރަށް ފިޔަވަޅު ނާޅައިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ.

މިނިސްޓްރީން މިއަދު ވަނީ އެ ދަރިވަރަށް ފިޔަވަޅު އަޅައިފަ އެވެ. އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް