ވަކީލުން ބިރުދައްކާ ކަމަށް ވިދާޅުވުމުން ގާޒީ އަލީ އާދަމްގެ މައްސަލަ ޖޭއެސްސީ އަށް
މިހާރު
12 ޑިސެމްބަރު 2025 | ހުކުރު | 7:26
ދިފާއީ ވަކީލުން ހެކިންނަށް ބިރު ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ހުކުމެއްގައި ލިޔުއްވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ އެއް ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ ޖޭްއެސްސީ އަށް ހުށަހެޅީ އެނގިފައިވާ ގޮތުގައި ދިފާއީ ވަކީލެކެވެ. އެކަމަކު، އެ މައްސަލަ ބެލުމާ މެދު އެ ކޮމިޝަނުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އެމްއެމްއޭ ކައިރީގައި ހަމަލާދީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ޝަރީއަތުގައި އެންމެ މުހިންމު ސިއްރު ހެކިވެރިޔާ އެންމެ ފަހު ވަގުތު، އޭނާގެ ހެކިބަސް ބަލައިނުގަތުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވި މައްސަލާގައި ގާޒީ އަލީ އާދަމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.