އިންތިހާބު ކާމިޔާބު ކުރާނީ އެއްވެސް މީހެއްގެ މަހާއި ކައްޓާ ކައިގެނެއް ނޫން: އާދަމް އާޒިމް

މިހާރު

12 ޑިސެމްބަރު 2025 | ހުކުރު | 8:16

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕެއިންގައި "އެއްވެސް މީހެއްގެ މަހާއި ކައްޓާ ކައިގެން" އެ އިންތިހާބު ކާމިޔާބު ކުރައްވަން ބޭނުން ނުވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީގެ މާލޭގެ މޭޔަރުގެ ޓިކެޓު ހޯއްދަވަން މިހާރު ފަށާފައިވާ އެ ޕާޓީގެ ޕްރައިމަރީ ކެމްޕެއިނަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގަ އެވެ.

މަގާމު ދިފާއު ކުރައްވަން ނުކުންނެވި އާދަމް އާޒިމް، އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ ވާދަވެރި ކެންޑިޑޭޓް އަލީ އާޒިމަށް ނުސީދާ ރައްދެއް ދެއްވަމުން ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރައްވާނީ އިހުތިރާމާއި ލޯތްބާ އެކު ކުރާ ކެމްޕެއިނަކުން ކަމަށެވެ.

މައުޟޫޢުތަށް