މެމްބަރު މައުރޫފް ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
މިހާރު
12 ޑިސެމްބަރު 2025 | ހުކުރު | 10:24
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖު ރޫޅާލުމުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ދޫކޮށްލަން އެ ޕާޓީން ގޮވާލައިފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި، ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ މައުރޫފާ އެކު އެހެން ދެ މީހަކު ވެސް ހައްޔަރުކުރި އެވެ.
އެކަން ކުށްވެރިކޮށް އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މީހުން ހައްޔަރުކުރި ކުރުން ކުށްވެރިކޮށްފަ އެވެ.