48 ގަޑިއިރަށް ދެމިގެންދާ ހެކަތޯންގައި 85 ޒުވާނުން، އެއްވަނަ އިނާމަކަށް އެއްލައްކަ ރުފިޔާ
މިހާރު
12 ޑިސެމްބަރު 2025 | ހުކުރު | 11:38
ޖުމުލަ 85 ޒުވާނުންނާ އެކު "ޔޫތު ހެކަތޯން" ޔޫތު މިނިސްޓްރީން އިއްޔެ ފަށައިފި އެވެ.
ކޯޑިން އަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަ ކޮށްގެން މެދުނުކެނޑި 48 ގަޑިއިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ތަފާތު ހަތަރު "ޓީމެޓިކް އޭރިއާ" އަކަށް ޕިޗު ހުށަހަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ހުށަހެޅުންތަކުގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. އެއްވަނަ އަށް ހޮވޭ މީހެއްގެ އިނާމަކީ އެއްލައްކަ ރުފިޔާ އެވެ. ދެވަނަ އަށް 75،000ރ އަދި ތިންވަނަ އަށް ހޮވޭ މީހަކަށް 50،000ރ. ގެ ފައިސާގެ އިނާމާއި ސްޕޮންސަރުގެ ފަރާތުން ހަދިޔާކުރާ އިނާމުތައް ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.