އިކްރާމްގެ ތުހުމަތު: އަލީ އާޒިމް އުޅުއްވީ ފައްޔާޒު ބޭރުކޮށް އެމްޑީޕީގެ ވެރިކަން ބަދަލުކުރަން

މިހާރު

12 ޑިސެމްބަރު 2025 | ހުކުރު | 1:54

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ އާޒިމަކީ އެ ޕާޓީ އަށް އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ހުންނަވައިގެން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބޭރުކޮށް، އެމްޑީޕީގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ރޭ ތުހުމަތު ކުރައްވައިފި އެވެ.

އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

ހުޅުމާލޭގައި ރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕޭން ހަރަކާތުގައި، ކުރީގެ މެމްބަރު އިކްރާމް ވިދާޅުވި ގޮތުގައި، އެ ދެ ކެންޑިޑޭޓުންނާ މެދު އެމްޑީޕީގެ މެމްބަރުންގެ ކުރިމަތީގައި އޮތީ އިހުލާސްތެރިކަމާއި އިތުބާރާއި އަދި ހިތްވަރުގެ ސުވާލެއް ކަމަށެވެ.

މައުޟޫޢުތަށް