ފާޑުކިޔުން އަމާޒުވި ސްޕީޑު ބްރޭކަރުތައް ހުޅުމާލޭގެ މަގުތަކުން ނަގައިފި

މިހާރު

12 ޑިސެމްބަރު 2025 | ހުކުރު | 2:59

ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް އާންމުންގެ ޝަކުވާތަކާ ހެދި ރޭ ނަގައިފި އެވެ.

އެކްސިޑެންޓުތަކާއި ކާރޫބާރުބޮޑު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި މިދިޔަ ސެޕްޓެމްބަރު މަހު ހަރުކުރި އާ ސްޕީޑްބްރޭކަރުގެ ސަބަބުން އުނދަގޫވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ އޮއްސާލި އެވެ. އޭރު ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ތާރުގަނޑު ތޮރުފައިގެން ހަރުކޮށްފައިވާ އެ ސްޕީޑު ބްރޭކަރުތަކުން ކިތައްމެ މަޑުން ފޭބިއަސް އުނަގަނޑުގައި ރިއްސާ ކަމަށެވެ.

އެހެންވެ، އެ ތަކެތި ނަގައިދިނުމަށް އެދި ގިނަ ބަޔަކު ގޮވާލި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް ބައެއް މީހުން އެކަމަށް އެދުނެވެ.

މައުޟޫޢުތަށް